ހިޔާ ފްލެޓެއްގައި ގައިގޯޅިވި މައްސަލައިގައި ހައްޔަރު ކުރި ދެ ފިރިހެނުންގެ ބަންދަށް އަށް ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ވަނީ އެކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަތްވަނަ ހިޔާ ޓަވަރުގެ ހަދަމުން އަންނަ އެޕާޓްމަންޓެއްގެ ތެރޭގައި ބިދޭސީ ދެ ފިރިހެނަކު ގައިގޯޅިވަމުން ދިޔަ މަންޒަރު، ރޭގެ ވަގުތެއްގައި މީހަކު ވަނީ ފޭސްބުކްގައި ލައިވް ކޮށްފައެވެ. ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެދެމީހުން ހައްޔަރުވެސް ކޮށްފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ނަމަކަށް ކިޔާ މީހަކާއެކު ގިނަ ދިވެހީންނާއި ބިދޭސީން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.