ފުލުހުންނަށް އިންޒާރު ދިން އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ނަސޭހަތްތެރިވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ވިދާޅުވީ، ކ. ގުރައިދޫގައި މިއަދު 17 އަހަރުގެ ފިރިހެން ކުއްޖަކު ސައިކަލެއްގައި ދަނިކޮށް، ފުލުހުން އެ ކުއްޖާ ހުއްޓުވައި މައުލޫމާތު ސާފުކުރަން އުޅުމުން ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށެވެ.

”އެހެންކަމުން އެ ކުއްޖާ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއަށް ނަސޭހަތްދީ އެ ކުއްޖާ ވަނީ ބެލެނިވެރިންނާ ހަވާލުކޮށްފައި.“ ޝިފާން ވިދާޅުވިއެވެ.

ޝިފާން މިހެން ވިދާޅުވީ،  އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި، ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވަނިކޮށް، މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.