ދެ ލޯންޗެއް ޖެހި، މިރޭ ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މެރިން ފުލުހުން ބުނީ މިރޭ މި އެކްސިޑެންޓު ހިނގާފައި ވަނީ، މިރޭ 11:00 އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ކަމަށެވެ.

މި އެކްސިޑެންޓްގައި ހަތް މީހަކަށް އަނިޔާވި ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިން ކަމަށް ވެސް ބުންޏެވެ.

އެކްސިޑެންޓް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ދެ ލޯންޗަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.