އއ. ތޮއްޑޫގައި ކުރަމުންދާ މުޒާހަރާއެއްގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
މި މައްސަލައިގެ މައުލޫމާތު ދެމުން ފުލުހުން ބުނީ މިއަދު 13:00 އެހާކަށްހާއިރު އއ. ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުންދާތީ ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ެއެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެފުލުސް މީހާއަށް މިހާރު ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުންޏެވެ.
އެސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
އަދި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރަމުންދާ ދާތީ އެގޮތަށް އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންނެވެ.
