މި އަހަރުގެ ފުރަތަމަ ފަސް މަަސް ދުވަސް ތެރޭގައި ރާއްޖެއަށް ނުވަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސް އިން އެނގޭގޮތުގައި، ޖޫން މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 903،775 ފަތުރުވެރިން އައިސްފައި ވެއެވެ.

މިއީ މިދިިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނާއި ބަލާއިރު، 12 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 821،248 ފަތުރުވެރިންނެވެ.

މި މަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެއަށް 11،530 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 12،005 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާއެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 102،075 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. 

ދެވަނައިގައިވާ ރަޝިއާއިން 91،618 ފަތުރުވެރިން އައިސްފައިވެއެވެ. 

އަދި ޔޫކޭއިން 85،840 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.