ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދިނުން އަވަސް ކޮށްދީފިއެވެ.

އެ އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ.

ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހައިވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ގޮތުން، މިއަދުން ފެށިގެން، ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް، ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.

އެދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބިވަޑައިގަންނަވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ޚިދުމަތް ޕީޖީ އޮފީހުން މިހާރުވެސް އަންނަނީ ދެމުންނެވެ.

 

 

ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގެ ޚިދުމަތާބެހޭ އިތުރު މަޢުލޫމާތާއި ސުވާލާއި ޖަވާބު، މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.