ރ އުނގޫފާރުގައި، ކަރަންޓުގައި ޖެހިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ، އުމުރުން 18 އަހަރުގެ ޒުވާނާ މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

Ads by Asuru

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި ހާދިސާގައި ހުސެއިން އަތީކް ވަނީ ކަރަންޓްގައި ޖެހުނު 12 އަހަރުގެ އަންހެން ކުއްޖަކާއި 8 އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފައެވެ.

މި ހާދިސާ ހިނގީ އުނގޫފާރު ކުޑަކުދިންގެ ޕާކު ކައިރީ މަގުމަތީގައި އޮތް ފެންގަނޑަކަށް މަގުގެ ހޮޅިދަނޑިއަކުން ކަރަންޓު އައިސްގެންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަތީކު ނިޔާވީ އައިޖީއެމްއެޗްގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) ގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ފަރުވާއަށް މާލެ ގެންދިޔައީ މިދިޔަ މަހުގެ 25 ގައެވެ.

އަތީކްގެ ކިޑްނީގައި ފެން އުފެދިފައިވާތީ ޑަޔަލަސިސް ވެސް ހަދާފައިވެއެވެ. އަދި އޭނާގެ ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެފައިވެއެވެ.