ފަލަސްޠީނުގެ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ހަމަލާގައި 226 މީހުން ޝަހީދު ކޮށްލައިފިއެވެ.

އިޒްރޭލުން ނުސެއިރަތު ކޭމްޕަށް ހަމަލާދިނީ، ޔަހޫދީ އަސީރުން މިނިވަން ކުރުމަށް ކަމަށް ބުނެފައެވެ.

މި ހަމަލާގައި 400 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ. ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 36،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޢަދަދު 83،000އަށްވުރެ އިތުރެވެ.