ސިނަމާލެ ތިނެއްގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ސިނަމާލޭ 3 ގެ ފެން މޯޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ގެންގޮސްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ގުޅިގެން އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ދަތިތަކާއި ދިމާވެފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ ކޭބަލް ވަގަށް ނެގުމުން ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި މިފަދަ ކަންތައްތައް ކުރާ ފަރާތްތައް ހޯދާ ހަރުކަށިފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.
