އިންސާނުންގެ ގައިން މަންކީ ޕޮކްސް ބަލި ޖަނަވާރުންނަށް ޖެހޭކަން ފުރަތަމަ ފަހަރަށް ފާހަގަކުރެވިއްޖެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި، އިންސާނެއްގެ ފަރާތުން ކުއްތާއަކަށް މިބަލި ޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ބަލި ޖެހުނު ކުއްތާ އަކީ އެއްޖިންސުން ގުޅުން ހިންގާ ދެ ފިރިހެނުން ގެންގުޅެމުން ދިޔަ ކުއްތާއެކެވެ.
ގައިގައި ފޮޅުތަކެއް ނަގާ މި ބަލި ޖެހޭ ކަމަށް ފާހަގަކުރެވެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިބަލި ޖެހޭ ޖަނަވާރުންގެ ފުރަގަސްފަރާތުގައި ފާރު ހެދޭކަން ވަނީ ފާހަގަކުރެވިފައެވެ.