ރާއްޖެއިން މި އަހަރު ޙައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ހަމަަޖައްސަވައިފިއެވެ.

Ads by Asuru
އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރާއްޖެއިން އިއްޔެ ޙައްޖަށް ފުރި ފަހު ގުރޫޕްގައި އަމީރުލްޙައްޖު ޑރ. އިސްމާއިލް ޝަފީއު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދުވެސް ފުރާވަޑައިގެންނެވިއެވެ.

އަމީރުލްޙައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ.

މި އަހަރު ސަރުކާރުގެ ޚަރަދުގައި، ޙައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް 50 ފަރާތެއް ފުރާފައިވެއެވެ.