އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by Asuru
މިއަދު އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޖައިޝަންކަރު ވިދާޅުވީ ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އިންޑިއާ އިން އަބަދުވެސް އަވަށްޓެރި ޤައުމުތަކާއި އޮންނަ ގުޅުން ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށެވެ.

ރައީސް މުޢިއްޒު ވެސް ވިދާޅުވެފައި ވަނީ، އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅަކަށް ވެގެންދިޔަ ކަމަށާއި، އެއީ މި ސަރަހައްދަށް ވެސް ރަނގަޅު ދަތުރުފުޅެއް ކަމުގައެވެ.

އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އެ ޤައުމުގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެރުވި ދައުވަތަކަށެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވައިލައްވައި، ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.