މާލޭގައި މިއަދު މާރާމާރީއެއް ހިންގައި ދެ މީހެއްގެ ގަޔަށް ވަޅި ޖަހައިފިއެވެ.

މިއަދު މާރާމާރީ ހިންގާފައި ވަނީ ހެންވޭރުގައި ހުންނަ ގޯޅިއެއްގައެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު 12:45 އެހާކަންހާއިރު ޝަހީދް އަލީ މިސްކިތު ސަރަހައްދުގައި މާރާމާރީއެއް ހިނގި ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ދެމީހަކު ޒަހަމްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވިފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ދަރުބާރުގެ ކައިރީގައި ރޭ 10:30 ހާއިރު ހިންގި މާރާމާރީއެއްގައި އެކަކަށް ވަނީ އަނިޔާވެފައެވެ.

އެ މައްސަލައިގައި ރޭ ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ފަހުން ވެސް އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.