އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ބޮޑު ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

Ads by Asuru

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބަރަކާތްތެރި އަޟްހާ ޢީދުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖޭގެ ރައީސް މުޢިއްޒު އަށާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ވެސް ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.

މޯދީގެ މެސެޖުގައި ޢީދު ދުވަހު ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި ދުނިޔެއެއް ބިނާކުރުމަށް ބޭނުންތެރި އެއްބައިވަންތަކަން ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިއީ ފޯރިއާއިއެކު ދުވަހެއްކަމަށް ވެސް މޯދީގެ މެސެޖުގައި ވިދާޅުވިކަމަށް ވަނީ ފާހަގަކުރައްވާފައެވެ.