ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ފަތިހު 5:24 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަަށެވެ.

މީގެކުރިން ވެސް ނޮޅިވަރަމް ޓާފް ދަނޑުގައި އަޅަން ގެނައި ޓާފްތަކެއްގައި ރޯވިއެވެ. އޭރު ބަޔަކު ގަސްތުގައި އެކަން ކުރި ކަމަށް މަޢުލޫމާތު ލިބުނެވެ.

ނަމަވެސް މިއަދު ފަތިހު ފުޓްސަލް ދަނޑުގައި ރޯކުރީ ކަމެއް ނުވަތަ ރޯވީ ކަމެއް އަދި ސާފެއް ނޫނެވެ.