ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމާ ގުޅިގެން ހޯދަނީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ، 14، ކަމަށެވެ.

ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އާއިލާ އިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އެހެންވެ، އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 9790163 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ވާނުވާ ނޭނގި މީހުން ގެއްލޭ މައްސަލަތައް ވަނީ ވަރަށް ގިނަވެފައެވެ.