އަވަށްޓެރި އިންޑިއާގައި، ބަނގުރާ ބޮއެގެން، 54 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ދެކުނުގައިވާ ޓަމިލް ނާޑޫގައި މިކަމެއް ހިނގީ، މެތަނޯލް އެއްކޮށްފައިވާ ބަނގުރާ ބުއިމުގެ ސަބަބުން ކަމަށް ބޭރުގެ ނޫސްތަކުގައިވެއެވެ.

މެތަނޯލް އަޅާފައިވާ ބަނގުރާ ބޮއެގެން، ހާލު ދެރަވުމުގެ ސަބަބުން ޓަމިލް ނާޑޫގެ ކައްލަކުރިޗީގައި ބުދަ ދުވަހުން ފެށިގެން، 200އެއްހައި މީހުންނަށް އެކި ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައިވެއެވެ. އެ މީހުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރީ، ހޮޑުލައި، ބަނޑުގައި ރިއްސާ، ބޭރަށް ހިންގުން ފަދަ އަލާމާތްތައް ފެނިގެންނެވެ.

އެޑްމިޓު ކުރި މީހުންގެ ތެރެއިން، 100އެއްހައި މީހުން އަދިވެސް ދޫކޮށްނުލައެވެ.

މެތަނޯލް އަޅާފައިވާ ބަނގުރާ ބުއިމަކީ ލޯ އަނދިރިވުމާއި، ލިވާ ހަލާކުވުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމެކެވެ.