ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ހަރުގެ ހިންގާ އިމާރާތުގެ ވެރި ފަރާތް، ޝަފިއްޔާ ޒުބައިރު، އެ ޕާޓީއާ މިރޭ ގުޅިވަޑައިގެންފިއެވެ.
އޭނާގެ ފޯމާއި ހަވާލުވެވަޑައިގަތީ، ޕީއެންސީގެ ހަރުގެ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ، އަދި ޕީއެންސީގެ ރައީސް، ޑރ.މުހައްމަދު މުއިއްޒުއެވެ.
ޝަފިއްޔާ އަކީ ކުރިން އެމްޑީޕީގެ މެމްބަރެކެވެ. އޭނާ ފަހުން ގުޅިވަޑައިގަތީ، ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި، ޑިމޮކްރެޓްސްގައެވެ.
ޝަފިއްޔާ އަކީ އެމްޑީޕީގައި ވަރަށް ގިނަ ދުވަހު، އިސްކޮށް އުޅުއްވި ފަރާތެކެވެ. އޭނާގެ ހ.ވެޔޮވިލާގައި، ކުރިން އެމްޑީޕީގެ ހަރުގެ ވެސް ހިންގިއެވެ. އެ ތަން ޕީއެންސީއަށް ދީފައި ވަނީ ފަސް އަހަރަށެވެ.
ޑިމޮކްރެޓްސްގައި ހުންނެވި ކަމުގައި ވިޔަސް، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ވެސް، ޝަފިއްޔާ ހަރަކާތްތެރިވެވަޑައިގަތެވެ.
ަ
