ނޭޝަނަލް ޑުރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައި، އެ އެޖެންސީގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން އައްޔަންކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޑީއޭގެ ބޯޑު އަލުން އެކުލަވާލުމަށް ފޮނުއްވި ސިޓީގައިވާ ގޮތުގައި، އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމުލަ 10 މެންބަރުންނެވެ.
ލުބުނާ ބޯޑަށް އައްޔަންކޮށްފައި ވަނީ ހޯމް މިނިސްޓްރީ ތަމުސީލުކުރާ ފަރާތެެއްގެ ގޮތުގައެވެ.
އެންޑީއޭގެ ބޯޑުގައި ދެން ހިމެނޭ ބޭފުޅުންނަކީ، ރައީީސް އޮފީހުން، ޑެޕިއުޓީ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ، ހެލްތު މިނިސްޓްރީން ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރާއި، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ރަޝީދު، އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ، އެމްއެންޑީއެފްގެ ލެފްޓަނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ، ޕޮލިސް ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޑެންޓު އަހުމަދު ސިމާހު، އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ އަދި އަހުމަދު އަބްދުއްސައްތާރެވެ.
މީގެ ކުރިން އެންޑީއޭ އޮތީ ހެލްތު މިނިސްޓްރީގެ ދަށުގައެވެ.
