މި އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް އައި ހުރިހާ ހައްޖުވެރިން ޓްރެވެލް ވެކްސިން ފުރިހަމަކުރި ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދިޔަ ދިވެއްސެއް ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ރާއްޖެއިން ފެނުނުއިރު، ބައެއް ހައްޖާޖީން ވެކްސިންތައް ފުރިހަމަ ނުކުރާ ކަމަށް، މީސްމީޑިއާގައި ވަނީ އަޑު ފެތުރިފައެވެ.
މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުގެ ހަވާލުގައި 1445 ވަނަ، އަހަރު ހައްކުގެ މާތް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރު ކުރި ހުރިހާ ހައްޖުވެރިން ވެސް ސައުދީ ހައްޖު މިނިސްޓްރީގެ ގައިޑްލައިންތަކާއި އެއްގޮތަށް ފުރުމުގެ، ކުރިން ފުރިހަމަ ކުރަން ޖެހޭ ޓްރެވެލް ވެކްސިން ފުރިހަމަކޮށްފައިކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ދޭކަމަށެވެ.

ވެކްސިން ފރިހަމަ ނުކޮއް ޙައްޖަށް ނުދެވޭނެ ސަޢުދީ ސަރުކާރުން މައްސަލަ ޖައްސާނެ ވެކްސިން ފުރިހަމަ ނުކުރަންޏާ އެތެރެ ނުވެވޭ ގޮތަށް އޮންނާނީ ހައްޖައްދާ މީހުން ވެކްސިން ުރިހަމަ ނުކުރަންޏާ