އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީީސް މުއިއްޒު އެ ޕާޓީއަށް މަރުހަބާ ދަންނަވާފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވަނީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޕާޓީގެ އިސް ވެރިންނާ މެމްބަރުންނަށް ތަހުނިޔާ ދަންނަވާ ކަމަށެވެ.

އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި، އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެމްޑީޕީ އަކީ އަބަދު ވެސް ދިވެހިންނަށް އުންމީދެއް ކަމަށާއި މިއީ އެ ޕާޓީ އަށް 19 އަހަރު އަހަރު ފުރުނު އިރު، ޒުވާންކަމުގެ ޖޯޝާ އެކީ ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު އައިސްފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.