އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ދެއްވަމުން ގެންދެވި ޒުވާން ޑޮކްޓަރު، ޑރ.އައިޝަތު އަނާން ޝަފީއު ނިޔާވެއްޖެއެވެ.
އުމުރުން 28 އަހަރުގެ އަނާން ނިޔާވީ، ކުއްލި ގޮތަކަށް، ސްރީލަންކާގައެވެ.
ޑރ. އަނާން މިހާތަނަށް މަސައްކަތް ކުރައްވަމުން އައީ، އައިޖީއެމްއެޗުގައި ހިންގާ އޮންކޮލޮޖިސްޓް ސެންޓަރުގައެވެ.
އަނާާން ނިޔާވުމުން، ސާޖިކަލް އޮންކޮލޮޖިސްޓް ޑރ.މުހައްމަދު ޝިފާން ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނާން ވަކިވެގެން ދިއުމަކީ ފޫނުބެއްދޭ ވަރުގެ ހުސްކަމެއް ކަމުގައެވެ.
އަނާން އަކީ ހަމައެކަނި މޮޅު ޑޮކްޓަރެއް ނޫން ކަމަށާއި، އޭނާއާ ބައްދަލުވި ކޮންމެ ބަލި މީހަކަށް އޯގާތެރިކޮށް އަމަލު ކުރެއްވި ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވި ގޮތުގައި ޑރ. އަނާން އަބަދު ވެސް މަސައްކަތް ކުރައްވާފައިވަނީ ބަލިމީހުންނަށް އެންމެ ރަނގަޅު ފަރުވާ ދެއްވުމަށެވެ.
އަނާން ނިޔާވި ސަބަބެއް ސާފެއް ނޫނެވެ.
