ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް ކަނޑައަޅައި އިއުލާނު ކޮށްފިއެވެ. 

Ads by Asuru

އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާން ކުރި އެ ލިސްޓުގައި 25 ދާއިރާއެއް ހިމެނޭއިރު، އޭގެ ތެރެއިން ބައެއް ދާއިރާތަކަކީ މިހާރުވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތަކެވެ.

އެގޮތުން  ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)ހޯ، ލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި، ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް، ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް، ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން، ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް) އެމްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް،ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް،ލޭންޑްސްކޭޕިންގ މަސައްކަތް،ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް،ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން،ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް،

ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް،ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް،

ޤާނޫނީ ވަކީލުންގެ ހިދުމަތްތައް،ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް، ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުން،ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން،ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން،ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން،ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން،ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި) މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް،މައިނިންގ އޮފް ސޭންޑް ފޮރެސްޓްރީ ހިމެނެއެވެ.

ގަވާޢިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން އެމީހުންގެ ގައުމަށް ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން ގުޅިގެން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލާފައެވެ.