މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި އުޅުނު ހަތަރު މީހަކަށް ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

Ads by Asuru

އަލިފާނުގެ ހާދިސާ ހިނގާގައި ވަނީ، މ. ފްލޫނިއާ މަގުގައި ހުންނަ މ. އެންޒިއަންގައެވެ.

މެންދުރު 13:45 ހާއިރު މި ހާދިސާ ހިނގުމުން ސަލާމަތީ ޚިދުމަތްތަކުން ވަނީ އެ ސަރަހައްދަށްގޮސް އެ އެޕާޓްމަންޓްގައި ހިނގި އަލިފާން ނިއްވާލާފައެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ހަތަރު މީހަކަށް ފަނަރަ ދުވަހުގެ މުއްދަތަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށެވެ.

މި ހާދިސާގައި ދުމުގެ އަސަރު ކުރި ހަތަރު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ. މި ހާދިސާގައި، އެ ގޭގައި ހުރި ވަރަށް ގިނަ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވެއެވެ.