ކ. ތުލުސްދޫ ގައި އަމިއްލަ ހަރަދުގައި މެނޭޖްކޮށް އޮޕަރޭޓް ކުރުމަށް، 100 އެނދުގެ ހޮސްޕިޓަލެއް އަޅާނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

Ads by Asuru
ތުލުސްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ ރަށުގައި މެޑިކަލް ކޮލެޖެއް އަޅާދޭނެ ބަޔަކު ވެސް ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެފަދަ ހޮސްޕިޓަލަކާއި ކޮލެޖެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އިއުލާނުގައިވާ ގޮތުން، މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ފޮތް ޖުލައި އަށް ވަނަ ދުވަހުން ފެށިގެން ޖުލައި 15 ގެ 13:00 ގެ ނިޔަލަށް ލިބޭނެ ކަަމަށްވެސް އެ ކައުންސިލުން މައުލޫމާތު ދޭނެއެވެ.

ބިޑް ފޮތުގެ އަގަކީ 2،000ރ. އެވެ. މި ފޮތުގައި މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތުގެ އިތުރުން ބިޑް ޕްރޮސެސިންގ ހިނގާނެ ގޮތް ހިމެނިފައިވާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.