ދައުލަތަށް 40 އަހަރަށްވުރެ ގިނަ އަހަރު ހިދުމަތް ކުރެއްވި މ.ކަރާދުނބުރިއާގެ، އަލްމަރުޙޫމް މުޙައްމަދުފުޅު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މުހައްމަދުފުޅު ނިޔާވިއިރު، އުމުރުފުޅުން 80 އަހަރެވެ. އޭނާ ހިދުމަތުން ރިޓަޔަރ ކުރެއްވިއިރު އުޅުއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައެވެ.
ދައުލަތަށް 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި މުޙައްމަދުފުޅު ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުއިއްްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ އޭނާ ސަރުކާރުގެ ހިމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައި ކަމަށެވެ.
އަދި މުހައްމަދުފުޅު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
