ގދ. ތިނަދޫގައި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ)ގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވެމްކޯގެ މަސައްކަތްތައް އެރަށުގައި ފެށުމުން ވެމްކޯ އާއި ގދ. ތިނަދޫ ކައުންސިލާއި ރަށު ރައްޔިތުންނަށް މަރުހަބާ ވިދަޅުވާ ކަމަށެވެ.
ރާއްޖޭގައި ކުނި މެނޭޖް ކުރުމަށް ހުރި ދަތިތަަކަށާއި ރާއްޖޭގައި ކުނި މެނޭޖްކުރަމުން ދިޔަ ގޮތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ދެއްކެވި ވާހަކަގައި ވިދާޅުވީ، ވަސީލަތް މަދު ވުމާއި ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، ވަށާޖެހޭ، ހަރަދު ކުޑަ ގޮތެެއްގައި އެ މަސައްކަތް ކުރުމަށް ގޮންޖެހުންތައް އެބަ ހުރި ކަމަށެވެ.
ކުނި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރު ދުވަހަށް ބަހާލައިގެން ކުނި މެނޭޖްކުރުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭހެން ”މަގޭ ސާފު ރާއްޖެ“ މަޝްރޫއު މިހާރު ވަނީ ފަށާފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
’މަގޭ ސާފު ރާއްޖެ‘ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ގާއިމުކުރުމެވެ. އަދި
