މާލޭގެ ސްޕާއެއްގެ ތެރޭގައި ހަށިވިއްކަމުން ދިޔަ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ދޫކޮށްލައި، ދެން ތިބި މީހުން ބަންދުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ 55 އަހަރުގެ ދިވެއްސަކާއި، ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނުންނެވެ. އެއީ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ ހިދުމަތުން ރޭ ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު ފިރިހެން މީހާ ދޫކޮށްލުމަށާއި ތައިލޭންޑުގެ ތިން އަންހެނުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.