އީރާނުގެ އާ ރައީސް މައްސޫދު ޕެޒޭޝިއަންއަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
އީރާނުގެ ރައީސް، އިބްރާހީމް ރައީސީ ދަތުރު ކުރި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މޭއި މަހުގެ 19 ވަނަ ދުވަހު އޭނާ އަވަހަރާވުމާއި ގުޅިގެން ބޭއްވި އިންތިހާބު، ދެވަނަ ބުރުގައި ކާމިޔާބު ކުރެއްވީ މައްސޫދެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައްސޫދަށް މަރުހަބާ ވިދާޅުވެފައިވެއެވެ.
އަދި ރާއްޖެއާއި އީރާނާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ އެ ސަރަހައްދާއި އެގައުމުގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބީއަށް ވެސް އެދިވަޑައިގެންފައެވެ.
