ކުޅިވަރުތަކަށް ދެވެން އޮތް އެހީތެރިކަމެއް ސިޓީ ކައުންސިލުން ދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވެފައިވަނީ ވޯލްޑް ޗެސް އޮލިމްޕިއާޑްގައި ރާއްޖޭގެ ގައުމީ ޓީމުން ހޯދި ކާމިޔާބީ ފާހަަގަ ކުރުމަށް ސިޓީ ކައުންސިލުން، ރޭ ސަލްޓަން ޕާކުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

44 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް 2022ގައި ރާއްޖޭގެ ފިރިހެން ޗެސް ޓީމުން ވަނީ ރަން މެޑަލް ހޯދާފައެވެ.

މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދީ ރާއްޖެ ހިމެނުނު ’އީ ކެޓަގަރީ’ންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމު ވަނީ 3، 6، 8، 10 އަދި 11 ވަނަ ރައުންޑު ކާމިޔާބުކޮށްފައެވެ.

ރާއްޖެއިން މުބާރާތުގައި ރަންވަނަ ހާސިލްކުރީ، ގަތަރު ފަދަ، ޗެސްގައި ފުންނާބު އުސް ގައުމުތައް ފަހަތަށް ޖައްސާލުމަށްފަހުއެވެ. މި ކާމިޔާބީ ހޯދި ޓީމުގައި މާލެ ސިޓީގެ މުއައްޒިފެއް ހިމެނޭކަން ފާހަނގަކޮށްލެވެއެވެ.