ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ވަރަށް ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި ޖަލްސާ އޮންނާނީ، ހައުސް އޮފް ޕީއެންސީ ހުންނަ ހ.ވެޔޮވިލާގައި، މާދަމާ ރޭ 8:30ގައެވެ.
އެ ޕާޓީން އާދިއްތަ ދުވަހުގެ ރޭ ވެސް ޖަލްސާއެއް ބޭއްވިއެވެ. މި ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަރަށް އަވަހަށް ވެރިރަށް މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވާނެކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، ރައްޔިތުންގެ ގާތުގައި ހުންނަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން އަޑު އައްސަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށެވެ.
ި

