ޑީއާރްޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ ގޮތުގައި ހަމަޖައްސައި މަގާމުގެ ފަތްކޮޅު މިއަދު އޭނަ އަށް އަރުވައިފިއެވެ.

Ads by Asuru

ތަސްމީނަށް ފަތްކޮޅު ދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ބޭބެ ތަސްމީނަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ސިންގަޕޫރްގެ ސަފީރަކަށް ހަމަޖެއްސި އިރު، މީގެ ކުރިން ފުރުއްވާފައިވާ، ބައެއް މަގާމްތަކުގެ ތެރޭގައި ހޯމް މިނިސްޓަރުގެ މަގާމާއި އެޓޯލްސް މިނިސްޓަރުގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހިމެނެއެވެ.