ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީ ލަންކާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ރައީސް މުއިއްޒު، ރާއްޖެއާ އެންމެ އަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާ އަށް ކުރައްވަވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސްގެ އެ ދަަތުރުފުޅު އޮންނާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރަން ވެސް ހަމަޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެފައިވެއެވެ.
އެގޮތުން ސަލާމަތީ، ވިޔަފާރި، ތައުލީމީ އަދި ސިއްހީ ދާއިރާ އިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ ކަމަށް ލަންކާގެ ނޫސްތަކުގައިވެއެވެ.

