ބަރުދަން ލުއި ކުރުމަށް އެކި މީހުން، އެކި ކަންކަން ކޮށް އުޅެއެވެ. ބަރުދަން ލުއި ކުރަން ބޭނުންނަމަ، ކެއުމުގައި ހިމަނާ ބާވަތްތަކަށް ސަމާލުކަންދޭން ޖެހެެއެވެ. މިންހެޔޮ ކެއުމެއް ކާންޖެެހެއެވެ.

Ads by Asuru

އެނގޭހެއްޔެވެ؟ އަލުވި އަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ތަރުކާރީއެކެވެ.

ޑައިޓީޝަނުންގެ ނަޒަރުގައި، އަލުވީގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް ހުރުމަކީ ހަށިގަނޑުގައި ފެން ހިފެހެއްޓުން ހުއްޓުވުމަށް އެހީތެރިވެދޭ އަދި ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަލުވީގެ ސަބަބުން އަހަރުމެންގެ ފެޓް ސެލް ކުޑަވުމަށް ވެސް މަގުފަހިވެއެވެ. ކެލޮރީ ރިސްޓްރިކްޝަން ޑައިޓެއްގައި ހުރުމާއެކު، ކާ އެއްޗެހި އަހަރުމެން ހަށިގަނޑަށް އެތެރެކުރާ ގޮތުގެ ސަބަބުން ނޫނީ އެއްވެސް ކާބޯތަކެއްޗަކީ އަހަރުމެންނަށް ބަރުދަން ލުއިކުރުމަށް ނުވަތަ ބަރުދަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކާނާތަކެއް ނޫނެވެ.

އެގޮތުން، ގަދައަށް ތެލުލައިގެން އަލުވި ކެއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް އަލުވި ފިހެގެން ނުވަތަ ފެނު ކައްކައިގެން ބޭނުން ކުރުން އެއީ ސިއްހަތަށް ފައިދާ ހުރި ގޮތެއްގައި އަހަރުމެންނަށް އަލުވި ބޭނުން ކުރެވޭނެ ގޮތްތަކެވެ.

މިގޮތުން އާންމުކޮށް އަހަރުމެން ކައި އުޅޭ ފްރައިޑް ޗިޕްސްގެ ބަދަލުގައި އަލުވި ފިހެގެން އަދި ޒައިތޫނި ތެލާ އެކު ބޭނުން ކޮށްލެވިދާނެއެވެ. ރަނގަޅު ގޮތުގައި އަލުވި ކެއުމަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ހަދާލެވިދާނެ ގޮތެކެވެ.