ލ. ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ، ލިންކް ރޯޑުުން މާންދޫން ގަމަށް ދަތުރު ކުރަމުންދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.

ހާދިސާގައި، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު، މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.