ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ގުޅައި، ފައިސާ ހޯދަން އުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ ލޯނާއި ސްކޯލާޝިޕަށް ހޮވިފައިވާ ދަރިވަރުންނަށް އެއްވެސް ކަމަކަށް ފައިސާ ދެއްކުމަށް އެދި އެ މިނިސްޓްރީން ނުގުޅާނެ ކަމަށާއި އެފަދަ ފޯނު ކޯލެއް އަތުވެއްޖެނަމަ އެއީ ސްކޭމް ކޯލެއް ކަމަށެވެ.
އެހެންކަމުން އެފަދަަ ކޯލު ނުވަތަ މެސެޖުތަކަށް ސަމާލުވާން މިނިސްޓްރީން ވަނީ އެދިފައެވެ.
އަދި އެއްވެސް ދަރިވަރަކު ފައިސާއާ ގުޅޭ ނުވަތަ އެ ނޫން މައުލޫމާތެއް ހިއްސާ ނުކުރެއްވުމަށް މިނިސްޓްރީއިން އެދިފައިވެއެވެ.
މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހުޅުވާލީ 500 ފުރުސަތަށް 1،709 ފަރާތަކުން ކުރިމަތިލާފައި ވެއެވެ.

