އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ ގިޔާސް އައްޔަނު ކޮށްފިއެވެ.
އޭނާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްއެވެ.
ގިޔާސް އަކީ ފަތުރުވެރިކަމުގައި ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ގިޔާސްގެ ކުރިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހްއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ އިބްރާހީމް ޝިއުރީއެވެ.

