ހުޅުމާލޭގައި ޑައިވިންއަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 11:00 އެހާކަންހާއިރު ހުޅުމާލޭ މޫދުގައި ޑައިވިންއަށް ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ވިދާޅުވި ގޮތުގައި މަރުވެފައިވަނީ ތައިލޭންޑުގެ އުމުރުން 55 އަހަރުގެ އަންހެނެކެވެ.
އޮފިޝަލް ވިދާޅުވީ، އެމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

