ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަދި މާލެ ސިޓީ ކައުންސިލުގެ ކުރީގެ މެމްބަރު ޝަމްނާޒް އަލީ ސަލީމް ދޫކޮށްލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޖޫން މަހުގެ 26 ވަނަ ދުވަހު، ޝަމްނާޒާއި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވެއެވެ.
އޭނާ އާއެކު ހައްޔަރުކުރި ދެމީހުން ވެސް ވަނީ މިހާރު ދޫކޮށްލައިފައެވެ.
ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ މި މައްސަލައިގައި ހައްޔަރުކުރިއިރު، ސަނާ އަކީ ހަމަ އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.
ޝަމްނާޒްގެ ކުރީގެ ފިރިކަލުންނަކީ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒެވެ. އާދަމް ރަމީޒާއި ޝަމްނާޒް ވެސް ވަނީ، މަގާމުން ސަސްޕެންޑު ކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖޫން 23 ގައި ހައްޔަރުކުރި އުމުރުން 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

