އާދިއްތަ ދުވަހުގެ ރޭ ވެސް، ޕީޕަލްސް ނެޝަނަލް ކޮންގްރެސްވ(ކޮންގްރެސް ޕާޓީ) ގެ ހަރުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީގެ މި ޖަލްސާ އޮންނާނީ، އެ ޕާޓީގެ މައި ހަރުގެ ހުންނަ އިމާރާތް، ހ.ވެޔޮވިލާގައެވެ. މި ޖަލްސާ އޮންނާނީ، މާދަމާ ރޭ، 8:30ގައެވެ.

މިފަހުން ކޮންގްރެސް ޕާޓީން އަންނަނީ، ފޯރިގަދަ، ގިނަ ޖަލްސާތަކެއް ބާއްވަމުންނެވެ.

އަދި އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން، ”މެމްބަރޝިޕް ޑްރައިވް“ ހަރަކާތެއް ފަށައި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ގެންދަވަނީ އަތޮޅުތެރެއަށް ވެސް ދަތުރު ކުރައްވަމުންނެވެ.

ަކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާތަކުގައި ވެސް، އެ ޕާޓީއާ އަލަށް ގުޅޭ މެމްބަރުންގެ ފޯމުތައް ހަވާލު ކުރުން ކުރިއަށް ގެންދެއެވެ.

 

ި

ި