ހއ.މާރަންދޫ ކައުންސިލުގެ ނައިބު ރައީސް، އަހުމަދު ރަމީޒު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަމީޒު ނިޔާވީ ހދ.ނެއްލައިދޫއާއެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކަށް ފަހުގައި، ހާލު ދެރަވެގެންނެވެ.
ރަމީޒު ނިޔާވީ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހއ. ދިއްދޫގައެވެ.
ރަމީޒަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްކަން ފާހަގަކޮށް، އެމްޑީޕީން ބުނީ، އެ ޕާޓީއަށް ނިސްބަތްވާ ހއ.މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ރަމީޒް ނިޔާވުމުގެ ފުންހިތާމައިގައި ބައިވެރިވާ ކަމަށެވެ.
”މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި ދުޢާކުރަން. އާމީން.“ އެމްޑީޕީން ބުންޏެވެ.
ރަމީޒު ނިޔާވިއިރު، އުމުރުން 40 އަހަރެވެ. ރަމީޒަކީ ދީނީ ކަންކަމަށ ސަމާލުކަން ދެއްވި، އަދި މާރަންދޫގެ ތަރައްގީއަށް، މުރާލި ކަމާއެކު މަސައްކަތް ކޮށްދެއްވި ބޭފުޅެކެވެ.

