މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހަކާއި، 48 އަހަރުގެ މީހަކާއި،  26 އަހަރުގެ މީހެކެވެ.
37 އަހަރުގެ މީހާ އަކީ ކ. ކާށިދޫ ރިވެލި އީސާ ވަސީމް (A208822) އެވެ.
48 އަހަރުގެ މީހާ އަކީ ކ. ތުލުސްދޫ ބްލޫވޭވް މުހައްމަދު އިސްމާއިލް (A126725) އެވެ. އަދި 26 އަހަރުގެ މީހާ އަކީ ސ. ހިތަދޫ ސްޕްންޖްގެ އަހްމަދު ހޫދު (A305577) އެވެ.

ފުލުހުން މި ތިން މީހުން ހޯދަނީ މި މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

މި ތިން މީހުން ހާޒިރުުވުމަށް ފުލުހުން އަންގާފައިވަނީ 21 ޖުލައި 2024 ވަނަ ދުވަހިގެ 12:00 އަށް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.

ފުލުހުން މި ތިން މީހުން ހޯދުމަށް އިއުލާނުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.