ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ފުލެޓެއް ބައްލަވައިގެންނެވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އާންމު ފަރާތަކުން މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ފުލުހުންނަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
ޒިފްލީނާ އަކީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ހަގު އަނބިކަނބަލުންނެވެ.

