މާލޭގައި ހުންނަ ކޭއެފްސީ އައުޓްލެޓްގެ ބިއްލޫރިގަނޑެއް ތަޅާލައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އަމީނީ މަގުގައި ހުންނަ އެތަނުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ މައްސަލަ ރޭ ދަންވަރު 03:06 އެހާކަން ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެ މައްސަަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ރާއްޖޭގައި ކޭއެފްސީ ބޮއިކޮޓް ކުރަން ގޮވައިލަމުން ގޮސްފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، މިހާތަނަށް ފަލަސްތީނުގެ 38000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.