ބޭނުންވާނެތަކެތި:

250 ގ މާރީ ބިސްކޯދު ހިމުންކޮށްފައި

125 ގ ބަޓަރ

375 ގ ކްރީމް ޗީސް

1 ލުނބޯގެ ތޮށި ގާނާފައި

2 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ލުނބޯ ހުތް

400 ގ ގެރިކިރު

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ހިމުންކޮށްފައި ހުރި ބިސްކޯދު ޓްރޭއަށް އަޅާލާށެވެ. ދެން ފިނިކުރަން އަލަމާރީގައި 15 މިނިޓްސް ވަންދެން ބަހައްޓާށެވެ.

އެއަށްފަހުގައި، ކްރީމް ޗީސް ކޮޅު ރަނގަޅަށް ކްރީމް ވަންދެން މިކްސް ކުރާށެވެ. ރަނގަޅަށް ކްރީމް ވުމުން އޭގެ ތެރެއަށް ގާނާފައިހުރި ލުނބޯ ތޮށި ކޮޅާއި އެސެންސް އަޅާފައި މިކްސް ކުރާށެވެ.

މިކްސް ކުރަމުން ދާވަރަކަށް ގެރިކިރާއި ލުނބޯ ހުތް އަޅާފައި ރަނގަޅަށް އެއްކުރާށެވެ. ދެން ކުރިން ޓްރޭއަށް އެޅި ބިސްކޯދު ތެރެއަށް ފަހުން މިކްސް ކުރި ޗީޒް އަޅާލާށެވެ. ފިނިކުރަން އަލަމާރިއަށް ލައިފައި 6 ގަޑިއިރު ވަންދެން ބަހައްޓާށެވެ.