އައްޑޫ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ، ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތިކޮށްފައި ކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށްދަނީ ބަލަމުން ކަމަށް ވެސް ބުންޏެވެ.
މިކަން ދިމާވި ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެއް ދަރިވަރުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، 32 ދަރިވަރުން ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކަމަށެވެ.
”ޝައްކު ކުރެވެނީ ކާނާ ވިހަވީކަމަށް. ފަރުވާ ދިނުމަށްފަހު ދަރިވަރުން މިހާރުދަނީ އަނބުރާ ކޮލެޖަށް ގެންދަމުން.“ ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބޭ ގޮތުގައި ކާނާ ވިހަވީ، ފުލުހުންގެ ބޭސިކް ޓްރޭނިން ހަދަމުން އަންނަ ގިނަ ދަރިވަރުންތަކެވެ. އެ ދަރިވަރުން ކާނާ ވިހަވީ ރޭގަނޑު ކެއުމަށް ފަހުގައެވެ.

