ހަ ކައުންސިލަރުން އިންތިޚާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި-އިލެކްޝަންތަކުގައި މެންދުރު 12:00ގެ ނިޔަލަށް ވޯޓުލާފައިވަނީ 11 އިންސައްތަ މީހުން ވޯޓު ލައިފިއެވެ.
މިއަދު ކުރިއަށް ދަނީ މާލެ ސިޓީ ކައުންސިލްގައި ހުސްވެފައިވާ 3 ގޮނޑިއަށާއި ހދ. ކުޅުދުއްފުށީ ކައުންސިލާއި، ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރުގެ އިތުރުން ފ. ބިލެތްދޫ ކައުންސިލަށް ރައީސެއް އިންތިޚާބު ކުރުމުގެ ވޯޓުލުމެވެ.
އެގޮތުން މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިނަމަވެސް މެންދުރު 12:00 އާ ހަމައަށް ވޯޓު ލާފައިވަނީ 1480 މީހުންނެވެ. އެއީ 623 އަންހެނުންނާއި 857 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 13112 މީހުނަށް ލިބިފައިވާ ކަމަށެވެ. މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.


ތިކަމުންވެސްއެނގެނީ ކައުންސިލް ތަކަކީ ރައްޔިތުންނާ ދެކޮޅަށް ސިޔާސީ އައްޑާއިން އުފަންކުރި މުސީބާތެއްކަން. ސަރުކާރުން ތިޔަބޭކާރު ޚަރަދުކުރުން ހުއްޓާލާ. ކަމެއްނުކޮށް ތިބި ބައިގަނޑު ދޫކޮއްލާ، ފުރަތަމަ ތިކަމުގައި ރައްޔިތުން ދެކޭގޮތް ބެލުމަށް،، ސިއްރު ވޯޓެއްނެގުން ބުއްދިވެރި.