މާލޭގައި ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ބައި އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވޯޓުލައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ކުރިއަށް ގެންދިޔަ ބައި އިލެކްޝަންތަކަކީ:
މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި ހުޅުމާލެ ދާއިރާ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި އާއި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑި އާއި ފ. ބިލެތްދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެވެ.
މިއަދުގެ ބައި-އިލެކްޝަނުގައި، 3:00 ޖެހުމާއި ހަމައަށް ވޯޓުލީ 22 އިންސައްތަ މީހުންނެވެ. އަދި 77.65 އިންސައްތަ މީހުން އިންތިހާބުގައި ވޯޓެއް ނުލައެވެ.

