މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންތައް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާގެ ގޮނޑިތަކެވެ.

އެ ގޮނޑިތައް ހުސްވީ އެ ދާއިރާތަކުގެ ކައުންސިލަރު ކަމުގައި ތިއްބެވި ބޭފުޅުން، ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އިންތިހާބުވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި މާލެ ސިޓީގެ ބައި އިލެކްޝަން ގައި ވާދަކުރީ އެމްޑީޕީއާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުވކުރީ، ފާތިމަތު ޝައުފާ ސަލީމެވެ. މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، ފާތިމަތު އިޝާން އަލީއެވެ. އަދި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަލީ އައިމަންއެވެ.

ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނެއް ބާއްވަން ޖެހެއެވެ.