މިއަދު ބޭއްވި ބައި އިލެކްޝަންގެ ތެރެއިން ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ ބައި އިލެކްޝަން ވެސް ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ކާމިޔާބު ކޮށްފިއެވެ.
މި ގޮނޑި އަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވެސް ވާދަކުރިއެވެ.
ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ ވެސް ސަރުކާރު ކެންޑިޑޭޓު ކާމިޔާބު ކުރިއިރު، މިއަދު ކުރިޔަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ގޮނޑިތައް ވެސް ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން ވަނީ ކާމިޔާބު ކޮށްފައެވެ.
އެބޭފުޅުންނަށް ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.

